އެސިސްޓަންޓް ކްލިނަރ

HDC(161)-HRM/IU/2023/507
K. Kudagiri
10500
17/09/2023
24/09/2023 14:00
Expired

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކުޑަގިރި


ތައުލީމީ ފެންވަރާއި ތަޖުރިބާ:

އަސާސީ ތަޢުލީމުގެ ފެންވަރު.


މަޤާމުގެ މަސްއޫލިއްޔަތު:

ހަވާލުކުރެވޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.


މަޤާމުގެ މައިގަނޑު މަސައްކަތްތައް: 

  • ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ހަވާލުކުރެވޭ ސަރަހައްދު ކުނިކަހާ ސާފުކުރުން. މީގެ ތެރޭގައި އޮފީހާއި ފާހާނާއާއި ރަށުތެރެ ކުނިކަހާ ސާފުކުރުން.
  • ސަރަހައްދުން ނަގާ ކުނި ކަނޑައެޅިފައިވާ ތަނަކަށް ޖަމާކޮށް ސުޕަވައިޒަރަށް އެންގުން.
  • ފާހާނަތަކަށް ބޭނުންވާ ތަކެތި ހަމަތޯބަލާ ގަވައިދުން ސްޓޮކް ކޮއްފައިބެހެއްޓުން.
  • ޑަސްބިންތައް ގަވައިދުން ހުސްކުރުން.
  • ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ނިންމުމާއި ހަވާލުވެ ހުންނަ ސުޕަވައިޒަރއަށް ރިޕޯޓްކުރުން.
  • ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަށް އެއްބާރުލުން ދިނުން.
  • މަޤާމާއި ޔުނިޓުގެ މަސައްކަތާއި ގުޅޭގޮތުން އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.


ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
  • މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
  • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.


މުސާރަ: 10,500.00ރ 

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

.......................................................................................................................


ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ އަދި ލައިސަންސް ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ސީވީ


އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ